17Times Logo
ފީޑްހަރަކާތްތައްއިސްލާމީ ކުތުބުޙާނާ

© 2025 Avvabe. All rights reserved.

Developed by Vaasiu.com

    ކޮލަމް

    ސައުތް ބްލޫސް މުބާރާތަށް ނަޒަރެއް...

    އަހުމަދު ރަޝީދު
    User Submission
    August 10, 2025
    ސައުތް ބްލޫސް މުބާރާތަށް ނަޒަރެއް...

    ސައުތް ބްލޫސްއިން އިންތިޒާމް ކޮށްގެން ދެކުނުގެ 4 އަތޮޅުގެ މެދުގައި ހިންގަމުން އަންނަ ރީޖަން ކޮމާންޑަރ މުބާރާތަކީ ފުލުހުންނާއި، ރީޖަންގައި މަސައްކަތްކުރާ ފުލުހުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ފުލުހުންތަކަކަށް ހެދުމަށާއި، ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ގުޅުން ވަރުގަދަ ކުރުމާއި، ކުޅިވަރުގައި ހުވަނުވެރި ކުޅުންތެރިން އުފެއްދުމުގެ ބޭނުމުގައި ރީޖަން ކޮމާންޑަރުގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި އަންހެން ވޮލީގެ އިތުރުން ފިރިހެނުންގެ ފުޓްސަލް ހިމެނެއެވެ.

    ސައުތް ޕޮލިސް ގައި ހިމެނެނޭ 4 އަތޮޅުގެ މެދުގައި މިމުބާރާތް ބާއްވަމުން އަންނަތާ 2025 ވަނަ އަހަރަށް 3 އަހަރުވީއެވެ. ފިރިހެނުންގެ ފުޓްސަލް މުބާރާތް ފުރަތަމަ އަހަރު ތިނަދޫ ސިޓީގައި ބޭއްވިގެން ދިޔައިރު އެއަހަރު ފައިނަލްގައި އައްޑޫ ސިޓީއާއި ފުވައްމުލަށް ސިޓީ ބައްދަލުކޮށް ދެޓީމުގެ ފޯރިގަދަ ކުޅުމަށްފަހު އައްޑޫ ސިޓީއިން ފިރިހެނުންގެ ފުޓްސަލް މުބާރާތުގެ ތަށި ފުރުތަމަ ފަހަރަށް އުފުލާލިއެވެ. ޖެހިގެންއައި އަހަރު ފުވައްމުލައް ސިޓީގައި ކުރިއަށްދިޔަ މިމުބާރާތުގައި ފައިނަލްގައި ފުވައްމުލައް ސިޓީ ޕޮލިސްއާއި ގދ. އަތޮޅުގެ ޕޮލިސް ޓީމް ބައްދަލުކުރި މެޗް ސަޕޯޓަރުން ހެއްވާލުމަށްފަހު މިމުބާރާތުގެ ތަށި ފުވައްމުލަށް ސިޓީ ޕޮލިސްއިން ކާމިޔާބު ކުރިއެވެ. 2025 ވަނަ އަހަރު އައްޑޫ ސިޓީގައި ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލްގައި އައްޑޫ ސިޓ ޕޮލިސްއާއި ގދ.އަތޮޅު - ތިނަދޫ ސިޓީ ޕޮލިސް ކޮންބައިން ޓީމް އައްޑޫ ސިޓީގެ ސަޕޯޓަރުންގެ ކުރިމަޓީގައި ކުޅެވުނު ފޯރިގަދަ މިމެޗްގެ ވަގުތު ހަމަވިއިރު ދެޓީމް 1- 1 ން އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން އެފަހަރު ތަށި ކާމިޔާބުކުރީ އައްޑޫ ސިޓީ ޕޮލިސް ޓީމެވެ. އެހެންކަމުން ފިރިހެނުންގެ ފުޓްސަލް މުބާރާތުގެ ތަށި ޖެހިގެން އެއްވެސް ޓީމަކަށް ކާމިޔާބު ކުރެވިފައެއް ނެތެވެ.

    ފުރެއްދަ ބޮޑުބެރު ގުރޫޕް - ޓޯނަމެންޓުގައި އެކި އެކި ހަރަކާތްތައް ގެނެސްދޭ ބޮޑުބެރު ގުރޫޕެއް

    ސައުތް ބްލޫސް ކަޕް 2025 ( ފޮޓޯ ދޮންކޮޅު )

    އެހެން ނަމަވެސް ނިމިގެންދިޔަ އަންހެން ވޮލީގެ ދެމުބާރާތުގެ ތަށިވެސް ކާމިޔާބު ކޮށްފައިވަނީ ފުވައްމުލަށް ސިޓީ ޕޮލިސްގެ އަންހެން ވޮލީ ޓީމުންނެވެ. 2025 ވަނަ އަހަރު ބާއްވިގެން މިދާ މުބާރާތުގެ ތަށި ފުވައްމުލަށް ސިޓީއިން ކާމިޔާބު ކޮށްފި ނަމަ " ސައުތް ޕޮލިސް ރީޖަން ކޮމާންޑަރ " މުބާރާތުގެ އަންހެން ވޮލީގެ ތަށި ފުރަތަމަ ފަހަރަށް މިލްކުވާ ފަރާތަކަށް ލިބިގެންދާ ފަޙްރުވެރި ޝަރަފް ލިބިގެންދާނެ ޓީމަކަށް ފުވައްމުލަށް ސިޓީގެ އަންހެން ވޮލީ ޓީމް ވެގެންދާނެއެވެ. މިފަޙްރުވެރި ޝަރަފް ދިފާޢު ކުރުމަށް ފުވައްމުލައް ސިޓީއިން ދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ހަމައެހެންމެ ތަށި މިލްކުވިޔަ ނުދިމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް މިމުބާރާތުގައި ދެން ބައިވެރިވާ 3 ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ކުރާނެކަން ޔަޤީނެވެ.

    މިއީ ފުވައްމުލަށް ސިޓީގެ ވޮލީ ޓީމަށް އެތައް ގޮތަކުން ފައިދާތަކެއް ކުރެވިގެންދާ ފަހަރަކަށްވެފައި، ތަށި މިލްކު ކުރަން ލިބޭ ފަހަރު އަމިއްލަ ފަސްގަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެންޖެހުމާއި، މިއަހަރު ގެމަނަފުށި ކައުންސިލްގެ ވޮލީ މުބާރާތުގެ އަންހެން ޑިވިޟަންގެ ފައިނަލްގައި ދަނޑިމަގު ސީކްއީންގެ ނަމުގައި މިޓީމު ކުޅުނެވެ. އޮގަސްޓް 03 ވަނަ ދުވަހު ކުޅެވުނު މިފައިނަލްގައި ގެމަނަފުށި އަންހެނުންގެ ވޮލީބޯޅަ ކުލަބާއި ބައްދަލުކޮށް ދެޓީމުގެ ފޯރިގަދަ ކުޅުމަކަށްފަހު ގެމަނަފުށި ޓީމުން ތަށި ކާމިޔާބު ކުރިއެވެ. އޮގަސްޓް 09 ވަނަ ދުވަހު ފެށިގެންދާ " ސައުތް ބްލޫސް ވޮލީ ބޯޅަ ޓޯނަމެންޓް 2025 " ގައި ފުވައްމުލަށް ސިޓީ ޕޮލިސްއިން ތަމްސީލް ކުރަނީ ހަމަ ކުރިން ދެންނެވުނު ފަދައިން ދަނޑިމަގު ސީކްއީން ނަމުގައި ގެމަނަފުށި މުބާރާތުގައި ކުޅުނު ޓީމެވެ. އެހެން ކަމުން އެމުބާރާތުގައި އެޓީމުން ފެނުނު ހުރިހާ ކުޅުންތެރިންވެސް ހަމަ ފުވައްމުލައް ޕޮލިސް ޓީމުން ފެންނާނެއެވެ. ޓީމަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގެމަނަފުށި މުބާރާތުން " ކުއީން އޮފް ދަ ޓޯނަމެންޓް " ގެ މަޤާމަށް ހޮވުނު ފުވައްމުލައް ޓީމަށް ކޮމިޔުނިޓީ ޕްލޭޔަރެއްގެ ގޮތުގައި އަބަދުވެސް ކުޅެމުން އަންނަ ރަފާ މިފަހަރުވެސް ފުވައްމުލައް ޓީމުގައި ހިމެނުމެވެ.

    • ސައުތު ބުލޫސް ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2025 އަށް ވަޑައިގެންނެވި ޝަރަފްވެރި މެހެމާނުން ރިސީވް ކުރަނީ

    • ސައުތް ބްލޫސް ކަޕް 2025 ( ފޮޓޯ ދޮންކޮޅު )

    • - މުބާރާތަށް ޓީމުތައް ތައްޔާރު ވުން...

    • މިމުބަރާތަށް ހުވަދޫ އުތުރު ޕޮލިސް ކްލަބްގެ - ގއ. އަތޮޅު ޕޮލިސް ޓީމާއި ތިނަދޫ ސިޓީ ޕޮލިސް ކޮންބައިން ޓީމް މިމުބާރާތައް ތައްޔާރުވުމަށް އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ކުރީ ފަހަރުސް ދިމާވި ގޮތަށް ފުލުހުންގެ ދަތިކަމާއިހުރެ އެކި ރަށްތަކުގައި އުޅޭ ފުލުހުން އެފުލުހުން ޑިޔުޓީތަކުން ރިލީޒް ހޯދައިގެން ޓީމް " ޓީމެއްގެ ގޮތުގައި " ޕްރެކްޓިސް ނުކުރެވުމުގެ ދަތި ކަމެވެ. އެހެން ނަމަވެސް އައްޑޫ ސިޓީއާއި ފުވައްމުލަށް ސިޓީ އެއްފަސްކޮށް އޮތުމުން މިދެންނެވުނު ދަތިތަކެއް ހުރެދާނެ ކަމަކަށް ނުބެލެވެއެވެ.

    • - މުބާރާތް ހިންގުން...

    • ސައުތް ބްލޫސްގެ ނަމުގައި ދެކުނުގެ 4 އަތޮޅު މެދުގައި ހެދިފައިވާ ކްލަބެއްގެ ބެލުމުގެ ދަށުން މިމުބާރާތް ހިންގަމުން ދިޔަ ނަމަވެސް މުބާރާތުގެ ހިންގުމުގެ ހުރިހާ ހަރަދުތަކެއް ކުރަނީ އެއަހަރެއްގައި ހޯސްޓް ކުރަން ހަމަޖެހިފައި އޮންނަ ސިޓީ ނުވަތަ އަަތޮޅަކުންނެވެ. މިފަދަ ބޮޑު މުބާރާތެއް ހިންގުމަށް ވަރަށް ގިނަ ހަރަދުތަކެއް ކުރަންޖެހޭނެކަން ޔަޤީނެވެ. ޓީމު ތަކުގެ އެކޮމަޑޭޝަނާއި ކެއުމާއި ދަތުރު ފަތުރުގެ ހަރަދަކީ މިދެންނެވި ހަރަދު ތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. މުބާރާރުގެ ރެފްރީންނާއި، އެމީހުންގެ އެކޮމަޑޭޝަނާއި ކެއުމާއި މުބާރާތުގެ މެޗްތައް ލައިވް ކުރުމާއި ޓްރޮފީތަކާއި އެހެނިހެން ހަރަދުތަކެވެ. މިހުރިހާ ހަރަދެއްވެސް ކުރަންޖެހެނީ އިސްވެ ދެންނެވުނު ގޮތަށް އެއަހަރު މުބާރާތް ހޯސްޓްކުރާ ފަރާތުންނެވެ. ދީލަތި ބޭފުޅުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އެހީތެރިކަމާއެކު މިމުބާރާތް މެދުނުކެޑި ވޭތުވެދިޔަ 3 އަހަރު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައިވުމީ މިމުބާރާތުގެ އެންމެ ބޮޑު މަޤްސަދު ކަމުގައިވާ ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ކިތަންމެހާވެސް ފުރިހަަމައަށް ފެނިގެންދާ ކަމުގެ ރިވެތި މިސާލެކެވެ.

    މިދެންނެވުނުގެ ހަރަދުގެ ތެރެއިން ކޮންމެވެސް ވަރެއްގެ ހައިރާކީއެއް ފުލުހުންގެ މުއައްސަސާގެ ތެރެއިން ނުވަތަ ޕޮލިސް ކްލަބްއާއި ޕޮލްކޯ ފަދަ ތަނަކުން ހަމަޖެހިގެން ދިޔުމަކީ މިމުބާރާތް މިއަށްވުރެ ފުރިހަމަ ކަމާއެކު ކުރިއަށް ގެންދިޔުމަށް ކޮށާލެވޭނެ މަގަކަށް ވާނެކަމަށް ޤަބޫލު ކުރަމެވެ. ނޫނީ މިމުބަރާތް އެހެން ގޮތަކަށް ފަރުމާކޮށް ކުރިއަށް ގެންދިޔުމުގެ ވިސްނުތަކެއް ( ލީގް އުސޫލުން ) ވުޖޫދަށް ގެންނަން ކިހިނެތް ވާނެތޯއެވެ؟ ކުރިމަގުގައި މިފަދަ ކަންތައްތަކާއިމެދު ވިސްނައި ވީހާވެސް ހަރަދު ކުޑަ ގޮތަކުން މިމުބަރާތް މިއައްވުރެ ފުރިހަމަ މުބަރާތަކަށް ހެދުމަށް އިތުރު ހިޔާލު ތަކާއިއެކު ވިސްނާނެކަމަށްވެސް ދެކެމެވެ. ދުރުދުރުގައި ޑިޔުޓީ އަދާކުރަމުންދާ ފުލުހުން އެއްތަނަކަށްގެނެސް އެކުވެރިކަމާއި އުފާވެރި މާހައުލެއް ޤާއިމްކޮށްދިނުމަށް ބުރަ މަސައްކަތް ތަކެއް ކުރަމުން ގެންދާ ސައުތް ބްލޫސްއާއި، އެއަހަރަކު ހޯސްޓްކުރާ ސިޓީ / އަތޮޅަކުން ގުޅިގެން ތިކުރާ މަސައްކަތަކީ އަގުނުކުރޭ ބުރަ ފުރިހަމަ މަސައްކަތަށްވާއިރު ވަރުބަލިކަމެއްނެތި ތިކުރާ މަސައްކަތް ހިތުގެ އަޑިން ބަލައިގަނެ އެކަންތަކަށް ޝުކުރުވެރުވަމެވެ. މިފުރުސަތުގައި ރައްޔިތުންނާއި، މުއައްސަސާތަކުން ވެދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ވެސް ޝުކުރުއަދާ ކުރަމެވެ. އަޅުގަނޑުގެ ދުއާއަކީ މިމުބާރާތް މިއަށްވުރެވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގެ ހެޔޮ ތައުފީގު ﷲ މިންވަރު ކުރެއްވުން...އާމީން

    ޚިޔާލު