ސައުތް ބްލޫސް އަންހެން ވޮލީ މުބާރާތް މިމަހު 9 ވަނަ ދުވަހު ފުވައްމަލަށް ސިޓީގައި ފެށިއްޖެއެވެ. ދަނޑިމަގު ވޮލީ ކޯޓްގައި ކުރިއަށްދާ މިމުބާރާތުގައި މިއަދު ހަވީރު 16:30 ގައި އައްޑޫ ސިޓީއާއި ގދ - ތިނަދޫ ސިޓީ ކޮމްބައިން ޓީމް ބައްދަލުކުރި މެޗް ސީދާ 3 ސެޓުން ބަލިކޮށް އައްޑޫ ސިޓީއިން މުބާރާތުގެ ފެށުން ވަރުގަދަ ކޮށްފިއެވެ.

ގދ- ޓީ.ސީ.ޕީ ކޮންބައިންޑް ޓީމް ގެ ކޯޗް ޒިހާން
ސައުތް ބްލޫސް ކަޕް 2025 ( ފޮޓޯ ދޮންކޮޅު )
ދެޓީމުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެޓްތައް ގެންގޮސްފައިވަނީ (22 - 25) (22 - 25) އަދި (26 - 28) އިންނެވެ.

އައްޑޫ ސިޓީ ޕޮލިސް ޓީމް ގެ ކޯޗް ޝަރަފް
ސައުތް ބްލޫސް ކަޕް 2025 ( ފޮޓޯ ދޮންކޮޅު )
ނިމިދިޔަ 2024 ގައި މިމުބާރާތް ގއ. ވިލިނގިލީގައި ކުރިއަށް ގެންގޮސްފައިވާއިރު އެމުބާރާތުގައި ގދ - ތިނަދޫ ސިޓީ ކޮންބައިން ޓީމުން މާބޮޑު ކާމިޔާބެއް ނުލިބުނަސް މިއަދު ކުޅެވުނު މެޗުން ބަލިވިނަމަވެސް ގދ - ތިނަދޫ ސިޓީ ކޮންބައިން ޓީމުގެ ކުޅުމަށް ތައުރީފް ހައްގެވެ. ކުރިއަށް އޮތް މެޗްތަކުން މިއަށްވުރެ މޮޅު ކުޅުމެއް ފެނިގެން ދިޔުމަކީ ގދ އަތޮޅާއި ތިނަދޫ ސިޓީގެ ސަޕޯޓަރުން ދެކެން ބޭނުންވާނެ ދުވަސްތަކެއްކަން ޔަޤީނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައްޑޫ ސިޓީ ޓީމުގެ ޖާޒީ ނަމްބަރ 17 ހައްވާ އާސިމާ ހަސަންއެވެ
ސައުތް ބްލޫސް ކަޕް 2025 ( ފޮޓޯ ދޮންކޮޅު )


ޚިޔާލު