17Times Logo
ފީޑްހަރަކާތްތައްއިސްލާމީ ކުތުބުޙާނާ

© 2025 Avvabe. All rights reserved.

Developed by Vaasiu.com

    ކުޅިވަރު

    ސައުތް ބްލޫސް އަންހެން ވޮލީ މުބާރާތް 2025

    އަހުމަދު ރަޝީދު
    User Submission
    August 10, 2025
    ސައުތް ބްލޫސް އަންހެން ވޮލީ މުބާރާތް 2025

    މިމުބާރާތުގެ 2 ވަނަ މެޗް މިރޭ 20:30 ގައި ކުޅެވުނެވެ. އެންމެ ފަހުގެ ރަނަރަޕް ހުވަދޫ އުތުރު ޕޮލިސްއާއި ޖެހިޖެހިގެން 2 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާ ފުވައްމުލަށް ސިޓީ ބައްދަކުކުރި މެޗް ފަސޭހަ ކަމާއެކު 3 - 0 ބަލިކޮށް ފުވައްމުލަށް ސީޓީއިން ކުރި ހޯދިއެވެ.

    ހުވަދޫ އުތުރު ޕޮލިސް ކްލަބުގެ ކޯޗް އިންގިޔާދު

    ސައުތް ބްލޫސް ކަޕް 2025 ( ފޮޓޯ ދޮންކޮޅު )

    ފުވައްމުލައް ސިޓީގެ ސަޕޯޓަރުން ކުރިމަތީގައި ދަނޑިމަގު ވޮލީ ކޯޓްގައި ކުޅެވުނު މިމެޗްގެ ސެޓްތައް ގެންގޮސްފައި ވަނީ (25 - 05) (25 -11) އަދި (25 - 15) އިންނެވެ.

    ފުވައްމުލަކު ސިޓީ ޕޮލިސްގެ ކޯޗް

    ސައުތް ބްލޫސް ކަޕް 2025 ( ފޮޓޯ ދޮންކޮޅު )

    ނިމިދިޔަ މުބާރާތުގެ ރަނަރަޕްގެ ގޮތުގައި ހޮވުނު ހުވަދޫ އުތުރުގެ ޕޮލިސް ޓީމުގެ ފެށުން މިގޮތަށް ދިޔަނަނަވެސް، ކުރިއަށްހުރި މެޗް ތަކުގައި މިއަށްވުރެ މޮޅު ކުޅުމެއް ދައްކާނެ ކަމަށް ގަބޫލު ކުރަމެވެ. މިއީ ސަޕޯޓަރުންވެސް އެދޭ ކަމަކަށް ވާތީ އެގޮތަށް ޓީމުގެ ކޯޗް އަދި ކުޅުންތެރިންވެސް ބޭނުންވާނެކަން ޔަގީނެވެ.

    މިމެޗްގެ މިޅު ކުޅުންތެރިއަކަށް ހިވިފައިވަނީ ފޔވައްމުލަށް ސިޓީގެ ޖާޒީ ނަމްބަރ 11 އާމިނަތު ރަފާ އިބްރާހިމްއެވެ.

    ސައުތް ބްލޫސް ކަޕް 2025 ( ފޮޓޯ ދޮންކޮޅު )

    ޚިޔާލު