އުރީދޫ މޯލްޑިވްސް އިން އެޕަލް ވޮޗާއި ސެމްސަންގް ގެލެކްސީ ވޮޗަށް ތައާރަފްކުރި އީސިމް ހިދުމަތާއެކު، ފޯނާއި ނުލާ ރައްކާތެރިކަމާއެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ސީދާ ގަޑިން ފޯނުކޮށް މެސެޖުކުރެވޭ ގޮތް ވަނީ މަގުފަހިވެފަ އެވެ.
އަތުކުރީގައި އޮންނަ ގަޑިއާއެކު ހެނދުނު ދުވުމަށް ނުކުތް ނަމަވެސް، ނުވަތަ ބިޒީ މަސައްކަތުގެ ދުވަހެއްގެ މެދުތެރޭގައި ވިޔަސް މިހާރު ކޯލްކޮށް، ރިސީވްކޮށް، މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމްކޮށް، އެޕްލިކޭޝަންތައް ބޭނުން ކުރެވޭނެ އެވެ.
އުރީދޫ ނެޓްވޯކާއެކު ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް ގުޅިފައިވާކަން ޔަގީންކޮށްދެ އެވެ.
ސްމާޓް ވޮޗަށް އީސިމް އެކްޓިވޭޓް ކުރުމަކީ އަވަސް އަދި ފަސޭހަ ކަމެކެވެ. އީސިމް އެކްޓިވޭޓް ކުރުމަށް ފިޒިކަލް ސިމް ކާޑެއް ނުވަތަ އެއްވެސް އިތުރު އެޕްލިކޭޝަނެއް ބޭނުމެއް ނުވެ އެވެ.
އެޕަލް ވޮޗް ނުވަތަ ސެމްސަންގް ގެލެކްސީ ވޮޗް ފޯނާ ގުޅާލައި، ސްކްރީނުގައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް، އީސިމް ގަޑިއަށް އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އުރީދޫ އިން ބުނި ގޮތުގައި މި ހިދުމަތަކީ ހަމައެކަނި އުރީދޫ ނެޓްވޯކްގައި ފޯރުކޮށްދޭ ހިދުމަތެކެވެ.
އުރީދޫގެ ސްމާޓްވޮޗް އީސިމްއާއެކު ދިރިއުޅުމުގެ ވައްޓަފާޅި އިތުރަށް ފަސޭހަވެ، ކޮންމެ ވަގުތަކު ވެސް އަދި ކޮންމެ ތަނެއްގައި ވެސް ގުޅުމުގެ މިނިވަންކަން މިހާރު ތަޖުރިބާކޮށްލެވޭނެ އެވެ.


ޚިޔާލު